| މަޤާމު: | އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ) | 
| ބޭނުންވާ އަދަދު: | 1 | 
| މަޤާމުގެ ގިންތި: | ވަގުތީ (06 މަސް ދުވަސް ނުވަތަ ވަޒީފާ ހަމަޖައްސާ ތާރީޚުން ފެށިގެން މެޓާރނިޓީ މުވައްޒަފުގެ 06 މަސް ދުވަސް ހަމަވާ މުއްދަތުގެ ނިޔަލަށް، އަދި މެޓާރނިޓީ މުވައްޒަފު ނޯޕޭ ލީވް ނަގާ ޙާލަތުގައި ކޮންޓެރްކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.) | 
| މަޤާމުގެ ރޭންކު: | ޖީ. އެސް. 3 | 
| މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1 | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ | 
| މުސާރަ: | މަހަކު 4465.00 ރުފިޔާ (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) | 
| ސަރވިސް އެލެވަންސް: | މަހަކު 1500.00 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ) | 
| އެހެނިހެން އެލަވަންސް: | 
ސަޕޯޓިންގ ކޯ އެލަވަންސް 2 ގޮތުގައި މަހަކު 700.00 ރުފިޔާ (ހަތް ސަތޭކަ ރުފިޔާ).ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މަހަކު މުސާރައިގެ %35.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި، ކޮންމެ އަހަރަކު ދަޢުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ މިންވަރު ކަނޑައެޅުމުން ޖެނުއަރީ 15 ގެ ކުރިން ހިނގަމުންދާ އަހަރަށް ބަޖެޓު ތައްޔާރުކޮށް، ކައުންސިލަށް ހުށަހަޅައި، ކައުންސިލުން ފާސްކުރުމުން ވިޔަ މޮޑިއުލްއަށް އަޅައި، ބަޖެޓް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، އެކަމާގުޅޭ ހިސާބުތަކާއި ލިޔެކިއުންތައް ބެލެހެއްޓުން.ކޮންމެ މަހެއްގެ އެންމެ ފަހު ރަސްމީ ދެދުވަހު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމާއެކު މުސާރަ ސްލިޕް މުވައްޒަފުންނާ ޙަވާލުކުރުމުގެ މަސައްކަތްތައް ކުރުންބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ރިލީޒްކުރަންޖެހޭ ފައިސާ ރިލީޒްކޮށް، ބަޖެޓުން ޚަރަދުކުރުމަށް ބޭނުންވާ ޕޭމަންޓް ވައުޗަރތައް ތައްޔާރުކޮށް، ފައިސާ ޚަރަދު ކުރުމާއި ކަމާގުޅުންހުރި ރިޕޯޓްތަށް އަޕްޑޭޓްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ތައްޔާރުކުރުމަށް އަންގަވާފައިވާ މާލީބަޔާން ކޮންމެ އަހަރެއްގެ މާރޗް 31 ގެ ކުރިން ތައްޔާރުކޮށް ކަމާބެހޭ އިދާރާތާކަށް ފޮނުވުން.އަމަލު ކުރަމުންގެންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސް ދުވަސް ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށް އޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރަންޖެހޭ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމާއި، ތަރައްޤީ ޕްލޭނަށް ބިނާކޮށް ކައުންސިލް އިދާރާގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުން.ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ކައުންސިލްގެ އެންމެހާ އެކައުންޓްތައް ކައުންސިލުން ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން އޮޕަރޭޓްކުރުމާއި، ހިސާބުތައް ބެލެހެއްޓުމާއި، އެކައުންޓްގެ ބާކީ ދިމާވޭތޯ ބެލުމާއި، ކޮންމެ މަހެއް ނިމުމުން ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.ބަޖެޓް ރިވައިޒް ކުރަންޖެހޭ ޙާލަތްތަކުގައި، ގެންނަންޖެހޭ ބަދަލު ގެނައުމާގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ ބަޖެޓްކޮންޓްރޯލް ތައްޔާރުކޮށް، ކައުންސިލުން ފާސްކުރުމަށް ފޮނުވުވުމާއި، ކައުންސިލުން ފާސްކުރުމުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕެންޝަން ސްކީމާއި ކްރެޑިޓް ސްކީމަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާދައްކައި، ދެއްކި ފައިސާގެ ހިސާބު ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވައި ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުން. ކައުންސިލަށް ލިބޭ އާމްދަނީ ދަޢުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ދުވަހުން ދުވަހަށް ބަލައިގަތުމާއި، ރިސިޕްޓްހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އިންކަމް ރެޖިސްޓަރއެއް ތައްޔާރުކޮށް ބެލެހެއްޓުން. ކައުންސިލް އިދާރާގެ ތިޖޫރީގައި ރައްކާކުރެވޭ ފައިސާއާއި، ސެކިއުރިޓީ އަދި ލިޔެކިޔުންތައް ދަޢުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ކޮންމެ ހަފްތާއަކު ތައްޔާރުކުރުމާއި ފޮނުވަންޖެހޭ ފަރާތް ތަކަށް ފޮނުވުން. މަސައްކަތާގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ސްކޭން ކުރަންޖެހޭ ލިއުންތައް ސްކޭން ކުރުމާއި ބަޖެޓާއިގުޅޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. ހަމަޖެހިފައިވާ އުޞޫލުން އޮފީސް ހުޅުވާ ލެއްޕުން. ކައުންސިލުން ދައުލަތުގެ މުއައްސަސާތަކަށާއި އިދާރާތަކަށާއި ކައުންސިލްގެ ޔުނިޓް/ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުމާއި ދުވަހު ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ކަމާއި ގުޅުންހުރި ޔުނިޓަށް ފޮނުވުމާގުޅޭ މަސައްކަތްތައްކުރުން. ކައުންސިލްގެ ބަޖެޓާބެހޭ ކަންކަމާއި ފައިސާގެ މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުން، އަދި ކައުންސިލްގެ އިދާރާގެ އެހެން މުވައްޒަފުންވެސް އެގޮތަށް ޢަމަލުކުރޭތޯ ކަށަވަރުކުރުން.ޔުނިޓަށް ހުށަހެޅޭ މައްސަލަތަކާއިގުޅިގެން، ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ޖަވާބު ހޯދައި، މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދިނުމާއި ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ އެހެނިހެން ސެކްޝަން / ޔުނިޓްގެ މަސައްކަތްތައް ކުރަންޖެހޭ ޙާލަތްތަކުގައި ސެކްރެޓަރީ ޖެނެރަލް އާއި ސުޕަރވައިޒަރު ކަނޑައަޅާ ގޮތެއްގެ މަތިން ކުރުން. | 
| މަޤާމުގެ ޝަރުޠުތައް: | 
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން. ނުވަތަ،ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. -          ތަޢުލީމީ ރޮނގުތައް ނެތް -          ގުޅޭ ވަޒީފާގެ ދާއިރާތައް 
އެޑްމިނިސްޓްރޭޝަންމެނޭޖްމެންޓްފައިނޭންސްއެކައުންޓިންގ | 
| ހުށަހަޅަންޖެހޭ ލިޔުންތައް:                                 | 
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docxވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
|  | 30% |  
| 
އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު | 5% |  
| 
އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ | 5% |  
| 
އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) | 25% |  
|  | 35% |  
| ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |    | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ފެބުރުވަރީ 17 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| ޝޯޓް ލިސްޓްކުރުން:   | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. | 
| އިންޓަވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ 2025 ފެބުރުވަރީ 19 އާއި، 2025 މާރިޗު 20 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ ގައެވެ. | 
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620117 ނުވަތަ 6620120 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.   |