ދިވެހިރާއްޖެ
އދ.ހަންޏާމީދޫއިން 01 ޖޫން 2017 ގައި ގޯތިދޫކުރުމަށް ކޮށްފައިވާ އިއުލާން ނަންބަރު (IUL)347/347/2017/31 އާއި އެ އިއުލާނާއި ގުޅިގެން ގެވަޅުގެ ކަންކަމުގައި ކުރެވިފައިވާ އެއްމެހައި އިއުލާންތައް ބާތިލުކޮށް، އދ.ހަންޏާމީދޫއިން ދިރިއުޅުމަށް 1550 އަކަފޫޓުގެ 55 ގޯތި ދޫކުރުމަށް ނިންމާފައިވާތީ، ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
އދ.ހަންޏާމީދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް އެދޭ ފޯމް ބަލައިގަތުން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ފޯމު ދޫކުރުން: 16 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން.
- ފޯމު ބަލައިގަތުން: 16 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 10 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00އަށެވެ.
މި އިޢުލާނާއެކު އދ.ހަންޏާމީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލާއި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓް އަދި އދ.ހަންޏާމީދޫއިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށްއެދޭ ފޯމު ޝާއިޢު ކުރީމެވެ. ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލުގައި ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް، ގޯއްޗަށްއެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު ހިމެނިފައިވާނެއެވެ. ހަމަމިއާއެކު ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ފޯމުގައި ބަޔާންކުރެވިފައިވާނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.