| 
 މަޤާމް: 
 | 
 ލީގަލް އޮފިސަރ 
 | 
| 
 މަޤާމް ނަންބަރު: 
 | 
 TAT-114 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 
 | 
| 
 މަޤާމް ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 އޮފިސަރ 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: 
 | 
 ލީގަލް، ރިޕޯޓިންގ އެންޑް ކޭސް މެނޭޖްމެންޓް ސެކްޝަން 
 | 
| 
 މުސާރަ، ޢިނާޔަތްތަކާއެކު: 
 | 
 - އަސާސީ މުސާރަ: -/6,000ރުފިޔާ 
- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400 ރުފިޔާ (އަސާސީ މުސާރައިގެ %40) 
- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ 
- ސާރވިސް އެލަވެންސް: -/170 (ވަޒީފާއަށް ނިކުންނަ ރަސްމީ ދުވަހަކަށް) 
- ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ ދެވޭނެ 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 
 | 
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލަށް ބެލޭނޭ މައްސަލަތައް ކަނޑައެޅުމުގައި ރެޖިސްޓްރަރ އަށް އެހީތެރިވެދިނުން. 
 
- ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލާ މޮނިޓަރކުރުން.
 
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ދުވަހުން ދުވަހަށް ބަލާ ޔަޤީންކުރުން.
 
- ޙަވާލުކުރެވޭ މައްސަލަތަކުގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް ލަފަޔާއި އިރުޝާދު ދިނުމާއި، ކޭސްތައް ރަނގަޅަށް ރެކޯޑްކޮށް، ފައިލްކޮށް، ބެލެހެއްޓެމުންދާކަން ޔަޤީންކުރުން.
 
- ޙަވާލުކުރެވޭ މައްސަލަތައް ބަލާ ދިރާސާކުރުމާއި މިފަދަ މައްސަލަތަކުގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޓްރައިބިއުނަލުތަކުން ނިންމާފައިވާ ނިންމުން ބަލާ ދިރާސާކޮށް މެމްބަރުންނަށް ލަފާދިނުން.
 
- ޓްރައިބިއުނަލުގެ މަސައްކަތް ރަނގަޅަށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް  ތައްޔާރުކުރުން.
 
- ޓްރައިބިއުނަލުގެ ޙަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލުގެ މައްސަލަބެލުމާއި، ޓްރައިބިއުނަލުގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ދިނުން.
 
- ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ އަޑުއެހުން ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން.
 
- ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި ޓްރައިބިއުނަލުގެ މެމްބަރުންނަށް އެހީތެރިވެދިނުން.
 
- ޓްރައިބިއުނަލަށް ހުށަހެޅޭ އިދާރީ އެކިއެކި މައްސަލަތަކުގައްޔާއި، މީޑިއާއަށް ޖަވާބު ދާރީވާންޖެހޭ ކަންތައްތަކުގައި މެމްބަރުންނަށް ޤާނޫނީ ލަފާދިނުމާއި، މިފަދަ މައްސަލަތަކުގައި ޖަވާބުދާރީވުމުގައި އެހީތެރިވެދިނުން.
 
- ކޯޓުގައި ނުވަތަ އެނޫންވެސް ތަނެއްގައި ޓްރައިބިއުނަލް ރިޕްރެޒެންޓް ކުރަންޖެހިއްޖެ ޙާލަތްތަކުގައި ޓްރައިބިއުނަލު ރިޕްރެޒެންޓް ކުރުން.
 
- ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ހޯދުމަށް މާލެއިންބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
 
- އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
 
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.
 
  | 
| 
 މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު 
- ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
 
- ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
 
  | 
| 
 ހުށަހަޅަން ޖެހޭ ލިޔުންތައް  
- ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
 
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
 
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
 
- ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
 
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ. 
 
- ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)
 
 
(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން. 
(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން. 
(ނ) ވަޒީފާ އަދާކުރި މުއްދަތު. 
(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ). 
 | 
| 
 ޝޯޓް ލިސްޓް ކުރުން 
 | 
 މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު  
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އަދި އިންޓަރވިއު އޮންނާނީ، 10 ފެބްރުވަރީ 2025 އިން 27 ފެބްރުވަރީ 2025 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.    
 | 
| 
 އެހެނިހެން މަޢުލޫމާތު 
 | 
 - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.   
- ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.             
 |