މަސައްކަތް
ނަންބަރު: (IUL)244-ESMSMS/244/2025/5
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 11 ފެބުރުވަރީ 2025 13:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތުރާކުނު ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކޮށް ހެދުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ނަންބަރ: IUL)244-ESMSMS/244/2025/5

އިޢުލާން

  ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތުރާކުނު ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކޮށް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  މި މަސައްކަތަށް އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ  މެންދުރު 13:00 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށްފަހު، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ކުންފުނީ/ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ.

  ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާގެ މީޓިންގ ރޫމްއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަމުގައި ރެޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާއިން ލިބޭނެވާހަކަވެސް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް މި އިދާރާގެ ނަމްބަރު 6500107 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

 

30 ޖަނަވަރީ 2025