ދިވެހިރާއްޖެ
އިޢުލާން
މިހާރަކަށް އައިސް މަގުތަކަށްށާއި ބަންޑާރަ ބިންތަކަށް ކުނި އަޅަމުން އަންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ޢާއްމުންނާއި މަގުގައި ދުއްވާ އުޅަނދުތަކަށް އުނދަގޫތައްދިމާވެ،ގިނަ ޝަކުވާތައްވެސް އަންނަނީ މިއިދާރާއަށް ލިބެމުންނެވެ. އަދި މިފަދަ ޢަމަލުތަކަކީ އާންމު ޞިއްހަތާއި ތިމާވެއްޓަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންކަން ކަމުގައިވާތީ، މިފަދަ ޢަމަލުތައް ނުކުރެއްވުމަށް ދަންނަވަމެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރަށުގެ ސާފުތާހިރުކަން ގެއްލި، ރަށުގެ މަންޒަރު ހަޑިވެގެންދާކަންވެސް ހަނދުމަފުޅުކޮށް އަރުވަމެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ނަންބަރު 2014R-217/ (ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު) ގެ ދަށުން ޖޫރިމަނާކޮށް، ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ. ވީމާ، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސްކޮށް ދަންނަވަމެވެ. |
ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
30 ރަޖަބު 1446
30 ޖަނަވަރީ 2025