ދިވެހިރާއްޖެ
އިޢުލާން
ރ.އަތޮޅު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ފޯރުކޮށްދިނުމުގެ ޚިދުމަތް ފެއްޓެވުމާގުޅިގެން، މިއިދާރާއަށް އައިޑީ ކާޑުތައް ލިބުމުން، އައިޑީ ކާޑު ޚިދުމަތަށް އެދިފައިވާ ފޯނު ނަންބަރަށް މެސެޖެއް ލިބޭނެ ވާހަކަ ދަންނަވަމަވެ. އައިޑީ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 13:30 ހަމައަށް ކަމުގައި ދަންނަވެމެވެ. އަދި ކާޑުގެ ވެރިފަރާތަށް އަމިއްލައަށް ނުދުރުވެވޭ ޙާލަތެއްގައި، ކާޑު ދޫކުރެވޭނީ: 1. މައިންބަފައިން 2. އެއްބަނޑު އެއްބަފާ މީހުން 3. ކާޑުގެ ވެރިފަރާތުގެ ހުއްދަ ލިބިފައިވާ އެހެނިހެން ފަރާތްތައް (ލިޔުމުން ހުއްދަ ދީފައިވާނަމަ) އަދި 18 އަހަރުން ދަށުގެ ކުދިންގެ އައިޑީ ކާޑު މައިންބަފައިންނަށް ނުވަތަ އެއްބަނޑު އެއްބަފާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. |
ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
30 ރަޖަބު 1446
30 ޖަނަވަރީ 2025