| 
   
އެންޓިކޮރަޕްޝަން ކޮމިޝަން 
މާލެ، 
ދިވެހިރާއްޖެ 
 | 
   
  
  
 | 
| 
 މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:  (IUL)123-HR/123/2025/4 އިޢުލާނަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ ދެވަނަ (02) ފަހަރަށް އިޢުލާން ކުރަމެވެ. 
 | 
| 
 ވަޒީފާގެ ފުރުޞަތު 
 | 
 ތާރީޚް: 
 | 
 29 ރަޖަބު 1446 
29 ޖަނަވަރީ 2025 
 | 
| 
 ނަންބަރު: 
 | 
 (IUL)123-HR/123/2025/7 
 | 
| 
 މަޤާމް: 
 | 
 ކޭސް އޮފިސަރ 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 ކޭސް އޮފިސަރ ގްރޭޑް 1 
 | 
| 
 ވަޒީފާގެ ބާވަތް: 
 | 
 ދާއިމީ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން: 
 | 
 އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ 
 | 
| 
 މުސާރަ: 
 | 
 -/7000 (ހަތް ހާސް ރުފިޔާ) 
 | 
| 
 ޑެއިލީ އެލަވަންސް: 
 | 
  207/-    (ދުއިސައްތަ ހަތް ރުފިޔާ) 
 | 
| 
 އޯވަރޓައިމް އެލަވަންސް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 (އެކެއް) 
 | 
| 
 މަޤާމުގެ ޝަރުޠު 
 | 
- ޖީސީއީ އޭލެވަލް އިމްތިޙާނުގައި ދެމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން އަދި ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ  އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން  ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
 
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ  އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން  ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
 
- އުމުރުން 55 އަހަރު ވެފައިނުވުން.
 
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
 
  | 
| 
 މައިގަނޑު މަސައްކަތް: 
 | 
- ކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު އަންގާ އެންގުންތަކާއި، ދިރާސާ އަދި ރިސްކް އެސެސްމަންޓްތަކުން ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް އިސްލާހުކުރުމަށް އަންގާ އެންގުންތަކާއި، ދޭ ލަފަޔާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ކޮމިޝަނުން އަންގާ އެންގުންތައް (ރިކޮމެންޑޭޝަން) ކޮމިޝަނުގެ ކަމާގުޅުންހުރި ޑިޕާޓްމަންޓް/ސެކްޝަން/ޔުނިޓްތަކުން ހޯދައި، ޖަމާކޮށް ދަފްތަރުކުރުން
 
- ކޮމިޝަނުން އަންގާ އެންގުންތަކުގެ ރަޖިސްޓްރީއާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ކޮމިޝަނުން އަންގާ ފައިސާއާއި ގުޅޭ މައްސަލަތަކުގެ ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން.
 
- ސެކްޝަންގެ ވެރިންގެ އިރުޝާދުގެ ދަށުން ކުރީގެ އަހަރުތަކުގައި ކޮމިޝަނުން އަންގާފައިވާ އެންގުންތަކާގުޅޭ މައުލޫމާތު ކަށަވަރުކޮށް، (ޑާޓާ ވެރިފިކޭޝަން) މަޢުލޫމާތު ފުރިހަމަކޮށް އަދާހަމަކުރުން.
 
- ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގައި އިދާރާތަކަށް އަންގާ އެކި އެންގުންތަކަށް އިދާރާތަކުން ޢަމަލުކުރާ މިންވަރު ވަގުތުން ވަގުތަށް މޮނިޓަރކޮށް ބެލެހެއްޓުން.
 
- ކޮމިޝަނުން އަންގާ އެންގުންތައް ތަންފީޒުވަމުންދާ މިންވަރު ބެލުމުގެގޮތުން، ފޮލޯއަޕް ހެދުން އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ކޮމިޝަނުން އަންގާ އެންގުންތަކާގުޅޭ މައްސަލަތަކުގެ ފޮލޯއަޕް ހެދުން
 
- ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ކޮމިޝަނުން އަންގާ އެންގުންތަށް ތަންފީޒުކުރުމަށް ބާރުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް (ސިޓީ/ރިމައިންޑަރ/ގުޅުން) ކުރުން.
 
- ފޮލޯއަޕްތަކާ ގުޅިގެން އިދާރާތަކުން ހޯދަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، އެންގުންތައް ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް އިދާރާތަކާއެކު ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައް ބާއްވާ އިންތިޒާމްކުރުން.
 
- ފޮލޯއަޕްތަކާއި ގުޅިގެން އިދާރާތަކުން ހުށަހަޅާ ކަންކަން މެމްބަރުންގެ ބައްދަލުވުމަށް ހުށަހަޅަން އިންތިޒާމްތައް ހަމަޖައްސައި، އެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
 
- ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ، ސޮއިކުރުވައި، ފައިލްކޮށް ބެލެހެއްޓުން.
 
- ސެކްޝަނުގެ ވެރިންގެ އިރުޝާދުގެ ދަށުން އެންގުންތަކަށް ޢަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 
- ސެކްޝަނުން ފޮނުވާ އަދި ލިބޭ ސިޓީތައް ފައިލްކޮށް ބެލެހެއްޓުން
 
- ކޮމިޝަނުގެ ކުއާޓަލީ / އަހަރީ ތަފާސްހިސާބާއި އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތާއި ރިޕޯޓްތަކާއި، ކޮމިޝަނުން އަންގާ އެންގުންތަކާގުޅޭ ތަފާސްހިސާބާއި ރިޕޯޓްތައް ތައްޔާރުކުރުން.
 
- ކޮމިޝަނުގެ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާ އެކި ބައްދަލުވުންތަކަށް ބޭނުންވާ ތަފާސްހިސާބާއި، ގުޅުންހުރި އެހެނިހެން މައުލޫމާތު ފޯރުކޮށްދިނުން.
 
 
 | 
| 
 މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު 
 | 
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20)
 
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ  )
 
- އިމްތިހާނު ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
 
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
 
  | 
| 
 އެޕްލިކޭޝަން ސުންގަޑި: 
 | 
 05 ފެބުރުވަރީ 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ. 
 | 
| 
 ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި 
 | 
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
 
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ).
 
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
 
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. (މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ).
 
  | 
| 
 އިތުރު މަޢުލޫމާތު 
 | 
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
 
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
 
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފަޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
 
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
 
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި ޕްރޮބޭޝަން މުއްދަތު ހަމަވުމުން އެ މުއްދަތު ހިމެނޭ ގޮތުން 01 (އެކެއް) އަހަރު ދުވަހުގެ ވަގުތީ އެއްބަސްވުމެއްގައި ކޮމިޝަނާއި ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު ސޮއިކުރެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ވަޒީފާއަށް ހޮވުނު ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްކަމުގައި ނުވާނަމަ، ވަގުތީ އެއްބަސްވުން ބާޠިލުކުރެވޭނެއެވެ.
 
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
 
  | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 
ފޯނު ނަންބަރު: 3015217 / 3015265 
އީމެއިލް: [email protected] 
 |