ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީގެ އެދިލެއްވުމުގެ މަތިން، ޅ. މަޑިވަރުގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭކަލުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި 2015 އޮގަސްޓު 04 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ.
3- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 އޮގަސްޓު 05 ވާ ބުދަ ދުވަހުގެ 10:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ 12:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
4- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މިލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
5- މި ޕްރޮޖެކްޓުގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
6- މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ޅ. މަޑިވަރުގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.
7- ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލުކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް އެކްސްޕީރިއެންސްގެ ބަޔަށް މާކުހެއް ނުދެވޭނެއެވެ.
8- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:
- މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
- ތަޖުރިބާ (ދެވޭ ޖުމްލަ މާކްސް 20، ފާސްވާ މާކްސް 10)
- ޓެކްނިކަލް (ދެވޭ ޖުމްލަ މާކްސް 5)
- މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)
9- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިޕްރޮޖެކްޓްގެ މަޢުލޫމާތުޝީޓުގައި ހިމެނިފައިވާނެއެވެ.
10- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349191 3349106
ފެކްސް: 3320706
އީމެއިލް: [email protected]
ކޮޕީ: [email protected]