މަސައްކަތް
ނަންބަރު: (IUL)304-CA/304/2025/12
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 05 ފެބުރުވަރީ 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރީޓެއިނަރ އުޞޫލުން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފަރމް އެއް ހޯދުން

މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކި އެކި ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުންތަކާއި މެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާ ދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށް ދިނުމަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން މީލާދީ 02 އަހަރު ދުވަހުގެ މުއްދަތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

 ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 27 ވާ ހޯމަ ދުވަހުން ފެށިގެން 2025 ފެބްރުއަރީ 05 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ.    

 

 

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

05 ފެބްރުއަރީ 2025

ބުދަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

10 ފެބްރުއަރީ 2025

ހޯމަ

13:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

27 ޖަނަވަރީ 2025