ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަހައްދީ އޮފީހުގެ އިމާރާތާއި ގޯތީތެރޭގައި ހިމެނޭ އެންމެހައި ތަކެތީގެ ސެކިއުރިޓީ އަދި ޖެނިޓޯރިއަލް ޙިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2025/10 އިޢުލާނާ ގުޅޭ ބީލަމުގެ މަޢުލޫމާތު ކަރުދާހައި ގުޅޭގޮތުން ލިބިފައިވާ ސުވާލެއްގެ ކްލެރިފިކޭޝަން މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. މި ކްލެރިފިކޭޝަން ގެ ސަބަބުން ބީލަން ހުށަހެޅުމާއި ހުޅުވުމަށް ހަމަޖެހިފައިވާ ވަޤުތާއި ތާރީޙް ވަނީ 5 ފެބުރުވަރީ 2025 ބުދަ ދުވަހުގެ 10:00 އަށް ފަސް ކުރެވިފައެވެ.
ވީމާ،ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 5 ފެބުރުވަރީ 2025 ވާ ބުދަ ދުވަހުގެ 10:00 އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.