ޢާންމު މަޢުލޫމާތު
                	
                ނަންބަރު: 182-MTG/2015/22
                    ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
                    ޕަބްލިޝްކުރި ގަޑި:  10:01
                    
                މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އެޕްރޫވްޑް ޑްރަގް ލިސްޓާ ބެހޭ
                                އިޢުލާނު
އެޕްރޫވްޑް ޑްރަގް ލިސްޓުގައި " ޕްރީ އޮތޮރައިޒޭޝަން ރިކުއަޑް ބިފޯ އިންޕޯރޓް " ގެ ގޮތުގައި ފާހަގަކޮށްފައިވާ ބޭސްތަކަކީ ޖެނެރިކްކޮށް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާ، ކޮންމެ ކުންފުންޏަކުންވެސް އެބޭސް އެތެރެކުރުމުގެ ފުރުސަތު އޮތްބޭސްތަކެކެވެ. މިފަދަބޭސްތައް އެތެރެކުރުމުގެ ކުރިން "ޕްރީއޮތޮރައިޒޭޝަން" ނަންގަވަންޖެހެނީ، އެބޭހަކީ ރައްކާތެރި އަދި ފެންވަރުރަނގަޅު ބޭސްކަމުގައި ކަށަވަރުކުރުމަށެވެ.
ނަމަވެސް ގިނަ އިމްޕޯޓަރުން "ޕްރީއޮތޮރައިޒޭޝަން" އަށް އެދެނީ ބޭހަށް އޯޑަރުކޮށް ބޭސް ރާއްޖެ އައުމުންކަން ދަނީ ފާހަގަކުރެވެމުންނެވެ.
ވީމާ، ބޭހަށް އޯޑަރުކުރެއްވުމުގެ ކުރިން " ޕްރީއޮތޮރައިޒޭޝަން" ނެންގެވުމަށް ދަންނަވަމެވެ.
އިތުރުމަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014316 އިން ލިބިވަޑައިގަންނަވާނެއެވެ.
7 ޝައްވާލް 1436
                23 ޖުލައި 2015