ދިވެހިރާއްޖެ
2025 ވަނަ ދިރާސީ އަހަރަށް ކުދިން ވެއްދުން
އީޘާރު ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ވެއްދުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
2025 ވަނަ ދިރާސީ އަހަރު މި ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވަނީ، ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.
ގްރޭޑް |
2025 ދަރިވަރުން ވައްދާ އުމުރުފުރާ |
ނާސަރީ |
2024 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން. ނޯޓް؛ ނާސަރީ އަށް ދަރިވަރުން ވެއްދޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 3 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ މާރިޗު 31 ގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީ އަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ ލިޔުމަކުން އެދިއްޖެނަމަ އެކުއްޖަކަށް ދެވޭނެއެވެ. |
ބޭބީ ނާސަރީ |
2024 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން. ނޯޓް؛ ބޭބީ ނާސަރީ އަށް ދަރިވަރުން ވެއްދޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ މާރިޗު 31 ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ އަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ ލިޔުމަކުން އެދިއްޖެނަމަ އެކުއްޖަކަށް ދެވޭނެއެވެ. |
ވީމާ، ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ވައްދަން ބޭނުންވާ ފަރާތްތަކުން، ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް، 10 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.