ބީލަން
ނަންބަރު: (IUL)362/362/2025/4
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި:
28 ޖަނަވަރީ 2025 13:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)362/362/2025/4
އިޢުލާނު
މ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ" މިސްކިތުގެ 2 ފެންޑާ ވަކިކުރުމަށް ޕާރޓިޝަންޖެހުން
މ.ރަތްމަންދޫ " މަސްޖިދުއްނަހުޟާ " މިސްކިތުގެ 2 ފަރާތުގެ ފެންޑާއަށްވީބައިގައި ޕާރޓިޝަންޖަހައި ވަކިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން 16 ޖަނަވަރީ 2025 ވަނަ ދުވަހު ކުރި ނަންބަރު: (IUL)362/362/2025/2އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އަލުން މި މަސައްކަތަށް އިޢުލާނުކުރަމެވެ.
ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން:
|
- މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޖަނަވަރީ 28 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ހުށަހަޅަން ރަޖިސްޓްރީކުރައްވާނީ މިކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރައްވައިގެން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް:([email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ.
|
މައުލޫމާތު:
|
- ޕާރޓްޝަނުގައި ލާ ކުލަފިޔަވައި މަސައްކަތަށް ބޭނުންވާ އެހެންހުރިހާ ތަކެއްޗެއްވެސް ހޯދާނީ މަސައްކަތާ ޙަވާލުވާފަރާތުންނެވެ. ޕާރޓިޝަނުގައި ލާ ކުލަ ،މަސައްކަތްކުރަން ބޭނުންވާ ކަރަންޓް އަދި ފެން މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ.
- ޕާރޓްޝަންތަކުގެ މިންތަކާއި ދޮރުގެ މިންތައް މި އިޢުލާނާއެކުގައިވާ ކުރެހުން 1 އަދި ކުރެހުން 2 ގައި ވާނެއެވެ. ޕާރޓްޝަންގެ ބޯމިނަކީ ދޮރު ކަނީގެ ފުޅާމިނެވެ.
- ޕާރޓްޝަނުގެ ފްރޭމް ހަދަން ލަކުޑި ނުވަތަ އެލުމެނިއަމް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފްރޭމް ހަދަން ދަގަނޑު ބޭނުންކޮށްގެން ނުވާނެ އެވެ.
- ޕާރޓުޝަނުގެ އެތެރެ ފަރާތާއި ބޭރު ފަރާތުގައި ޖަހަން ވާނީ އޭގައި ކުލަ ހިފާކަހަލަ 9mmގެ ސިމެންތިބޯޑު ނުވަތަ ޝެރާބޯޑު ފަދަ އެއްޗެކެވެ. މިކަމަށް ޕީ.ވި.ސީ ، ޖިބްޝަން ބޯޑު ނުވަތަ ފްލައިވޫޑް ފަދަ ތަކެތި ބޭނުންކޮއްގެންނުވާނެއެވެ.
- ޕާރޓްޝަނުގައި ފިލާ ޖަހާއިރު ހުންނަ ފައްތަރުތަކުގައި ޖޮއިންޓް ޓޭޕް އަޅައި ޕުޓީ ޖަހަންވާނެއެވެ. އަދި ފިލާ ހަރުކުރަންޖާހާ އިސްކުރުތަކުގެ ބޯތައް ފޮރުވޭގޮތަށް ޕުޓީ ޖަހަންވާނެއެވެ. ޕާޓްޝަނުގައި ކުލަލާންވާނީ ނިޕޯން ނުވަތަ އެފެންވަރުގެ ވޯލްސީލެއް ލުމަށްފަހުގައެވެ. ޕާރޓްޝަނުގައި ލާ ކުލަ މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ.
- ޕާރޓްޝަނު ގައި ހަރުކުރާ ދޮރާއި ދޮރުފަތް ޖަހަންވާނީ އެލުމެނިއަމުންނެވެ.
- ދޮރުގެ މަތީގައި ވާ ފެންލައިޓް (ތިނެސް ކަނަށްވާ 2 ބަޔަށް) 5mm އަށްވުރެ ތުނިނޫން ކަޅުކުލައިގެ ބިއްލޫރިލާންވާނެއެވެ.
- ދޮރާއި ދޮރުފަތް ޖަހަންވާނީ ހުދުކުލައިގެ އެލުމެނިއަމުންނެވެ. އަދި ދޮރުފަތަށް ލައްވާ ޕެނަލްތައްވެސް ވާންވާނީ ހުދުކުލައިގެ އެލުމެނިއަމް ކުލެޑިން ޝީޓަށެވެ.
- ދޮރުފަތް ހަރުކުރަންވާނީ ފެންވަރު ރަނގަޅު ސްޓޭންލެސް ސްޓީލް ހުޅުލައިގެންނެވެ. ކޮންމެ ދޮރުފަތެއްގައި 4 ހުޅު ހަރުކުރަންވާނެއެވެ. އަދި ކޮންމެ ދޮރެއް ގައި ހުދުކުލައި ގެ އަތްގަނޑު ތަޅެއް އަދި ޑޮކްލޯޒަރެއް ވެސް ހަރުކުރަންވާނެއެވެ.
- ބިޑާއެކު ހުށަހަޅަންޖެހޭ ލިއުންތަކުގެ ލިސްޓެއް މިއިޢުލާނާ އެކުގައިވާނެއެވެ.
|
އަގު ހުށަހެޅުން:
|
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ފެބުރުވަރީ 02 ވާ އާދީއްތަ ދުވަހު 11:00ގައި މ.ރަތްމަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގުހުށަހަޅާ ޝީޓު ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.
|
ބިޑްހުށަހެޅުމުގެ ޝަރުތު
|
- މިނިސްޓްރީ އޮފް އިކޮނަމިކް ޑެވެލޮޕްމަންޓްގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް
|
މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު:
|
- މަސައްކަތައް ހުށަހަޅާ އަގު: % 65
އެންމެ ކުޑަ އަގު ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.
- މަސައްކަތައް ކުރުމަށް ހުށަހަޅާ މުއްދަތު: % 25
އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.
- މަސައްކަތާއި ގުޅޭ ތަޖްރިބާ: % 5
ތަޖުރިބާއަށް މާކުހްދެވޭނީ ކޮއް ފައިވާ މަސައްކަތާ ގުޅުންހުރި މަސައްކަތްތަކުގެތެރެއިން މަސައްކަތުގެ އަގު -/500000ރ އިންފެށިގެން މަތީގެ މަސައްކަތްތަކަށް 5 މާކުސް -/100000ރ އާއި 499999.99ރ ދެމެދުގެ މަސައްކަތްތަކަށް 2.5 މާކުސް 99999.99ރ އިންދަށުގެ މަސައްކަތްތަކަށް 1 މާކުސްއެވެ. މިގޮތުން އެންމެ ގިނަވެގެން މިބަޔަށް ދެވޭނީ 5 މާކުސްއެވެ.
- 28 ފެބްރުއަރީ 2025 ގެކުރިން މަސައްކަތްނިންމާން ހުށަހަޅާ ފަރާތްތަކަށް 5%
|
އިތުރު މައުލޫމާތު:
|
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް ބޭފުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
|
23 ރަޖަބު 1446