ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2015/242
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 30 ޖުލައި 2015 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓެކްސްޓު ފޮތް ސަޕްލައި ކުރުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ނަންބަރު (IUL)22-PU/1/2015/219 ގެ އިޢުލާނާގުޅިގެން ގުރޭޑު 8,9,10 ގެ ޓެކްސްޓު ފޮތް ގަތުމަށް ކުރެވުނު އިޢުލާނާގުޅިގެން އަގު ހުށަހަޅާފައިނުވާ 4 ފޮތް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

30 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

6 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނަށެވެ.

6 ޝައްވާލް 1436 

22 ޖުލައި 2015