ދިވެހިރާއްޖެ
މިރަށުގެ ގޮއިބިމުގެ ރުއްގަސް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު މިއަހަރުގެ ނިޔަލަށް (31 ޑިސެމްބަރ 2024 އަށް) މުއްދަތު ހަމަވިއިރު ކުރިއަށް އޮތް 2025 ވަނަ އަހަރަށް ފައިސާ ދައްކާފައިނުވާތީ މިހާރުވަނީ އެރުއްގަނޑު ކުއްޔަށް ނަގާފައިވާ ފަރާތުގެ އަތުން ނެގިފައެވެ. އެހެންކަމުން ގޮއިބިމުގެ ރުއްގަސް 15 ފެބުރުވަރީ 2025 އިން ފެށިގެން 14 ފެބުރުވަރީ 2028 ގެ ނިޔަލަށް 03 (ތިނެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ބޭނުންވެއެވެ. ކުއްޔަށް ހިފާފަރާތަށް ބޭނުންކުރެވޭނީ ރުއްގަހުން ލިބޭ ތަކެތީގެ ތެރެއިން ރުކުން ލިބޭފަން ފިޔަވައި އެހެނިހެން ތަކެއްޗެވެ.
އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 29 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 29 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.
ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.