މަސައްކަތް
ނަންބަރު: (IUL)351/351/2025/2
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 30 ޖަނަވަރީ 2025 10:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ފުޓުސަލްދަނޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 20 ފެބުރުވަރީ 2025 08:30 ގައި ބާތިލް ކުރެވިފައެވެ.


އދ.މަންދޫ ފުޓުސަލް ދަނޑު ހެދުމުގެ ނުނިމިހުރި އެންމެހައި މަސައްކަތްތައް ކޮށްދޭެނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް  މިގޫގްލް ލިންކު https://forms.gle/m78xNSsH1QYAZkVh9 މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މިޕްރޮޖެކްޓްގެ ޓެންޑަރ ޑޮކިއުމަންޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އދ. މަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ އަކާއި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 29 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަސްމީ ގަޑީގައި 6680052 ފޯނަށް ގުޅުއްވައިގެން ނުވަތަ  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ޖަނަވަރީ 2025