މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/235
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 1225
ސުންގަޑި: 22 ޖުލައި 2015 1200
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

2014 އަދި 2015 ވަނަ އަހަރުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހިންގާފައިވާ 4 ޕްރޮޖެކްޓު ކަމުގައިވާ ބީޓެކް ސްޓްރީމާއި، ދަސްވާރު ޕްރޮޖެކްޓާއި، ލައިފްސްކިލް އެޑިޔުކޭޝަން އަދި ސްކޫލް ޕޮލިޓެކްނިކް ޕްރޮޖެކްޓުގެ ކާމިޔާބީތަކާ މި ޕްރޮޖެކްޓުތައް ކާމިޔާބުކުރުމަށްޓަކައި ތަންފީޛު ކުރެވިފައިވާ ރަނގަޅު އުސޫލުތައް އިނގިރޭސިބަހުން ޑޮކިއުމަންޓް ކުރުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2015/211 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ޖުލައި 2015 (ބުދަ) ދުވަހުގެ 12:00 އަށް

29 ޖުލައި 2015 (ބުދަ) ދުވަހުގެ12:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

28 ރަމަޟާން 1436

2015-07-15