މަސައްކަތް
ނަންބަރު: (IUL)438-RDS/1/2015/92
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 30 ޖުލައި 2015 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
3 އާރް ފޯރަމްއަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

"3އާރް" ފޯރަމްއަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 16 އޮގަސްޓު 2015 އިން 19 އޮގަސްޓު 2015 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "3 އާރް" ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ފޮތި ދިދަ ތައްޔާރުކޮށްދީ ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުށަހަޅަންވީ ތަކެތި

  • ޓީ.އޯ.އާރ. އާ އެއްގޮތައް މަސައްކަތް ކޮށްދެވޭނެ އަގު
  • މަސައްކަތް ކުރުމަށް ނަގާނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ރިފަރެންސް ލިޔުން ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

"3 އާރް" ފޯރަމްއަށް ތަކެތި ތައްޔާކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނު ނަންބަރު: (IUL)438-RDS/1/2015/92 

ބިޑު ހުޅުވުން

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 1 ވަނަ ފަންގިފިލާ މީޓިންގ ރޫމުގައެވެ. މި ދުވަސް ބަންދު ދުވަހަކަށް ވެއްޖެނަމަ ދެން ބިޑު ހުޅެވުން އޮންނާނީ 3 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 1 ވަނަ ފަންގިފިލާ މީޓިންގ ރޫމުގައެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
  • މި މަސައްކަތް ކުރުމަށް ބޭނުންވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018368 / 3018431 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected], [email protected]

 

 

20 ޖުލައި 2015