ކުއްޔަށް ދިނުން
ނަންބަރު: (IUL)399-CA/399/2025/5
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:19
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަން މަތިމަރަދޫ އަވަށު އިހުމާމަގުގަ އޮންނަ ހުސްބިމުން ގާޑިއާ ހިންގުމަށް ބިން ކުއްޔަށްދިނުމާ ގުޅޭ

ލ.ގަން މަތިމަރަދޫ އަވަށު އިހުމާމަގުގަ އޮންނަ ހުސްބިމުން ގާޑިއާ ހިންގުމަށް ބިން ކުއްޔަށްދިނުމާ ގުޅޭ

                              ލ.ގަން މަތިމަރަދޫ އަވަށު އިހުމާމަގުގަ އޮންނަ ހުސްބިމުން ގާޑިއާ ހިންގުމަށް ބިން ކުއްޔަށްދިނުމަށް ވަނީ ނިންމާފައެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން މި އިޢުލާނާއެކުގައިވާ ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށައަޅައިގެން ނުވަތަ [email protected] މެއިލް އަށް މެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ  [email protected] އަށް މެއިލް ކުރެއްވުން

14 ޖަނަވަރީ 2025 (އަންގާރަ)

14:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

22 ޖަނަވަރީ 2025

(ބުދަ)

13:00

 

      އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 22 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާސިރުވެ ނުވަތަ 6801035 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

08 ޖަނަވަރީ 2025