ކުއްޔަށް ދިނުން
ނަންބަރު: (IUL)399-CA/399/2025/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:12
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަމު މަތިމަރަދޫ ސްޓޭޑިއަމް އިރުންއޮންނަ ކުޅިވަރު އެކުވެނި ބިމުގައި ހުރި ޢިމާރާތް (ކުލަބްހައުސް) ކުއްޔައް ދިނުމާ ގުޅޭ

ލ.ގަމު މަތިމަރަދޫ ސްޓޭޑިއަމް އިރުންއޮންނަ ކުޅިވަރު އެކުވެނި ބިމުގައި ހުރި ޢިމާރާތް (ކުލަބްހައުސް) ކުއްޔައް ދިނުމާ ގުޅޭ

     ލ.ގަމު މަތިމަރަދޫ ސްޓޭޑިއަމް އިރުންއޮންނަ ކުޅިވަރު އެކުވެނި ބިމުގައި  ހުރި ޢިމާރާތް (ކުލަބްހައުސް) ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ. މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން މި އިޢުލާނާއެކުގައިވާ ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހެޅައިގެން ނުވަތަ [email protected] މެއިލް އަށް މެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން

12 ޖަނަވަރީ 2025 (އާދީއްތަ) އާއި ހަމައަށް

14:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

19 ޖަނަވަރީ 2025 (އާދީއްތަ)

13:00

 

      އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 19 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާސިރުވެ ނުވަތަ 6801035 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖަނަވަރީ 2025