ބީލަން
ނަންބަރު: (IUL-G)GS113/2024/017
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 07 ޖަނަވަރީ 2025 11:00
ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. 01 ފެބުރުވަރީ 2025 ން 31 ޑިސެންބަރު 2025 އަށް، ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ. ވިމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ގުދަނުގައި އެންމެ ކުޑަވެގެން 500 އަކަ ފޫޓް ހަމަވާން ވާނެއެވެ.
  3. ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2025 ޖަނަވަރީ 07 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކޮށްގެންނެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް އިޢުލާނާއި އެކު އެޓޭޗު ކުރެވިފައި އެވަނީއެވެ. އަދި ސްކޫލް އިދާރާއިންވެސް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިބެން ހުންނާނެއެވެ.
  4. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ސްކޫލް އިދާރާއިން ދޫކުރެވޭނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 14 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.                             

ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.

  ފޯން:       6561802

  އީމެއިލް:     [email protected]

26 ޑިސެންބަރު 2024