ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2024/151
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:17
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 171 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް
ބައްދަލުވުމުގެ ނަންބަރު: 4 ވަނަ ދައުރުގެ 171
ބައްދަލުވުމުގެ ބާވަތް: އާއްމު ބައްދަލުވުން
ބައްދަލުވުން ބޭއްވި ތާރީޙް: 25 ޑިސެމްބަރު 2024
ބައްދަލުވުން ބޭއްވި ގަޑި: 13:22
 
ނިންމުންތައް
1. އޭ.ޓީއެމް އެޅާބޭ ބިމެއް ކައުންސިލްގެ އިދާރީ ބައްދަލުވުމެއްގައި ނިންމުމަށްފަހު ސަރަހައްދާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށާއި މަސައްކަތުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ދާއިރާއާއި ގުޅުންހުރި ކައުންސިލަރއެއްގެ ނަންފޮނުވުމަށް ނިންމުނު.
2. އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތާއިގުޅޭގޮތުން ލިބިފައިވާ އަންދާސީ ހިސާބު ބަޖެޓަށްވުރެ އިތުރުވާތީ މިމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކުރުމަށް ނިންމުނު.
3. [ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ] ގެ ނަމުގައި އިންޑިޔާގެ ހައިދަރުއާބާދުގައި ކުރިޔައްގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގުރާމުގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ނާއިބު ރައީސް ޙުސައިން އަފީފު ބައިވެރިވުމަށް ނިންމުނު.
4. ފިނޮޅު އިންވެސްޓްމަންޓްގެ ފަރާތުން ތ. ކަކޮޅަސް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮފައިވާތީ މިކަމާއިގުޅޭގޮތުން ކައުންސިލްގެ އިދާރީ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ނިންމުނު.
5. ކައުންސިލް އިދާރާއިން ހުށަހަޅާފައިވާ ބަޖެޓް ރިވައިސް ފޯމު ނަންބަރު 4 ފާސްކުރެވުނު.
6. އިދާރާއިން ހުށަހަޅާފައިވާ ބަޖެޓް ކޮންޓްރޯލް ފޯމު ނަންބަރު 2024/1438/BC/025 އަދި 2024/1438/BC/026 ފާސްކުރެވުނު. 
 
25 ޑިސެންބަރު 2024