ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-MIM/365/2024/45
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 22:42
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ކުނިއެޅުމާއި ގުޅޭ

އިޢުލާން

ރަށުގައި ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ކުނިއެޅުން

                 މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ކައުންސިލުން ކުނި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަދި ވަގުތީ ކުނިކޮށި ފިޔަވާ އެހެން ސަރަހައްދުތަކަށް (ރަށުގެ ހޭޅިފަށާއި، ޗަސްބިން ސަރަހައްދަށާއި އަދި އެކި ސަރަހައްދުތަކަށް) ކުނި އަޅަމުންދާކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ. މިގޮތަށް އަޅާ ކުނީގެ ސަބަބުން ތިމާވެއްޓަށް ގެއްލުންލިބި ރަށުގެ ޤުދުރަތީ ރީތިކަން ގެއްލެމުންދާކަން ވެސް ފާހަގަކުރެވެއެވެ.

            ވީމާ، މިގޮތަށް ރަށުގެ ހޭޅިފަށާއި، ޗަސްބިން ސަރަހައްދަށާއި އަދި އެކި ސަރަހައްދުތަކަށް ކުނި އަޅަމުން ގެންދާ ފަރާތްތަކުން މިކަން ހުއްޓާލުމަށް އަންގަމެވެ.

            23 ޑިސެމްބަރ  2024  

23 ޑިސެންބަރު 2024