މަސައްކަތް
ނަންބަރު: (IUL)362/362/2024/39
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި:
31 ޑިސެންބަރު 2024 11:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)362/362/2024/39
އިޢުލާނު
މ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ" މިސްކިތުގައި އެޅުމަށް ބޭނުންވާ ނެވިލޯން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން.
މ.ރަތްމަންދޫ " މަސްޖިދުއްނަހުޟާ " މިސްކިތުގައި އެޅުމަށް ބެނުންވާ ނެވިލޯން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން:
|
- މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް:([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.
|
މައުލޫމާތު:
|
- ނެވިލޯނުގެ ބޯމިން 4 (ހަތަރެއް) އެމް.އެމް ހުންނަންވާނެއެވެ.
- ނެވިލޯނު އަޅާ ސަރަޙައްދުގެ ބޮޑުމިން 1162 އަކަފޫޓު.
- ފޯރުކޮށްދެވޭ ނެވިލޯން އަކީ މިސްކިތުގައި އެޅުމަށް އެކަށީގެންވާ ނެވިލޯން އަކަށް ވާންވާނެއެވެ.
- މިސްކިތުގައި ސަފުހުންނަގޮތަށް، ސަފުގެ ލައިން ފާހަގަ ކޮށްފައި ހުންނަ ނެވިލޯން އަކަށް ވާންވާނެއެވެ.
- ނެވިލޯނުގެ ކުލައަކީ މުށި ކުލައެވެ.
- މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2024ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.
|
އަގު ހުށަހެޅުން:
|
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޖަނަވަރީ 06 ވާ ހޯމަ ދުވަހު 11:00ގައި މ.ރަތްމަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
- އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ މެއިލް؛ [email protected]) އަށް މެއިލް ކުރައްވަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.
|
މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު:
|
- މަސައްކަތައް ހުށަހަޅާ އަގު: % 70
- މަސައްކަތައް ހުށަހަޅާ މުއްދަތު: % 20
- މަސައްކަތާއި ގުޅޭ ތަޖްރިބާ: % 10
|
އިތުރު މައުލޫމާތު:
|
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
|
22 ޖުމާދަލްއާޚިރާ 1446