ދިވެހިރާއްޖެ
އުކުޅަހު ސްކޫލްގެ 2025 ވަނަ އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 22 ޑިސެމްބަރ 2024 ން 24 ޑިސެމްބަރ 2024 އަށް (ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 11:00 އަށް) މިއިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓް ކޮޕީ ހުށަހަޅަން ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2024 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި އުކުޅަހު ސްކޫލް އޮފީހުގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އުކުޅަހު ސްކޫލް އޮފީހުގައެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
އުކުޅަހު ސްކޫލް / އއ.އުކުޅަސް
ފޯން: 7757020
އީމެއިލް: [email protected]
ނޯޓް: މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.