ބީލަން
ނަންބަރު: (IUL)330-B/330/2024/93
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:09
ސުންގަޑި: 07 ޖަނަވަރީ 2025 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ކާށިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނި ކޮށި) ގެ ވަށާފާރު އަދި އައު އިމާރާތް، އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކ.ކާށިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނި ކޮށި) ގެ ވަށާފާރު އަދި އައު އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2024 ޑިސެމްބަރު 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ބިޑުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 500.00 (ފަސް ސަތޭކަ) ރުފިޔާ މިއިދާރާގެ އެކައުންޓަށް ދެއްކެވުމަށްފަހު ފުރިހަމަ ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއި ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ނުވަތަ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބިޒްނަސް ޕޯޓަލްއިން ދޫކޮށްފައިވާ ވިޔަފާރީގެ އިންފޮމޭޝަން ޝީޓްގެ ކޮޕީ، އަދި ފައިސާ ދެއްކެވި ސްލިޕް [email protected] އަށް އީމެއިލް ކުރެއްވުމުން ބިޑުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ފޮނުވޭނެއެވެ.

  • ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  • އިތުރު މަޢުލޫމާތު ސާފުކުރުން:

މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 05 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ، ފޯން:
ކ.ކާށިދޫ، ދިވެހިރާއްޖެ

ފޯން ނަންބަރ:6645377

 އީމެއިލް: ([email protected]

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

 ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 07 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00ގައި ކާށިދޫ ކައުންސިލް އިދާރާގައެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޑިސެންބަރު 2024