ޢާންމު މަޢުލޫމާތު
ނަންބަރު: 20/2024/(IUL) GS118
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 26 ޑިސެންބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ

ނަމްބަރު:20/2024/(IUL) GS118

އިޢުލާން

2025 ވަނަ އަހަރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ  

       2025 ވަނަ ދިރާސީ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތް ތަކަށް އެކަމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އެހެންކަމުން އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުހަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

2024 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2024 ޑީސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

2024-2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރުހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު ( 06 އޭޕްރީލް 2025 ގައި ފެށޭ ) ޔޫ.ކޭ.ޖީ އަށް ބަދަލުކުރެވޭނެއެވެ.  

 

       މަތީގައިވާގޮތަށް އުމުރު ބަލާނީ ދަރިވަރު ސްކޫލަށް ވައްދަން އެދޭ އަހަރު 31 ޑިސެމްބަރ އަށް އަހަރު ފުރޭ ދަރިވަރުންނެއެވެ.   ނަމަވެސް ހިނގާ އަހަރު 31 މާރޗް ގެ ނިޔަލަށް 04 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.  

       ވީމާ، 26 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން 2025 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވަދައްން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމް އާއެކު ހުށައަޅަން ޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އޮފީހަށް ހުށއެޅުމަށް ދަންނަވަމެއެވެ.

       މި ފޯމް ސްކޫލް އޮފީހުން 18 ޑިސެމްބަރ 2024 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.  

18 ޑިސެންބަރު 2024