ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2024/69
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 26 ޑިސެންބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާއިގުޅޭ

ދަނޑުވެރިކަން ކުރުމަށްޓަކައި ރ.ހުޅުދުއްފާރުން 3 ބިން ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ދޫކުރުމަށް ހަމަޖެހިފައިވާ ބިން: ހުޅުދުއްފާރު ދެކުނުކޮޅުގައި ޒިޔާރަތްމަގާއި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ކަންމައްޗަށް އޮތް ލޭންޑް ޔޫސް ޕްލޭންގައި މިސްކިތް އެޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުން 2000 އަކަފޫޓުގެ 03 ބިން. (ޗާޓްގައި ފާހަގަކުރެވިފައިވާ ދަނޑު ނަންބަރު 17 ، 18 އަދި 20)
  • ބިންދޫކުރާ މުއްދަތު: 01 އަހަރު ދުވަސް (މުއްދަތު ހަމަވުމަށްފަހު ދަނޑުބިން ލިބޭ ފަރާތުން އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އެފަރާތަކުން ކޮށްފައިވާ މަސައްކަތްތައް ބެލުމަށްފަހު އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ދަނޑު ބިމަށް އެދޭ ސިޓީއާއި އައިޑީކާޑުގެ ކޮޕީ ހުށައެޅުއްވުން އެދެމެވެ. ބިމަށް އެދުނު ފަރާތްތައް ގިނަކަމަށްވާނަމަ، ދަނޑުބިންލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތުންނެވެ. މިސަރަޙައްދުން ދޫކުރުމަށް ކަނޑައެޅިފައިވާ ދަނޑުބިންތައް ދޫކުރެވޭނީ ހުޅުދުއްފާރުގެ ރައްޔިތުންނަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޑިސެންބަރު 2024