މަސައްކަތް
ނަންބަރު: (IUL)330-B/330/2024/94
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 23 ޑިސެންބަރު 2024 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމް ހެދުމަށްޓަކައި ގާފޮޅުތައް ރާނައި ގައު ޖަހަންޖެހޭ ތަންތަނުގައި ގައު ޖެހުމާއި އައުޓްޑޯރ ޖިމްގެ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ  މަސައްކަތް، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން -/200 (ދުއިސައްތަ) ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު، 19 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމާއި ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީއާއި ބީލަމުގައި ބައިވެރިވުމަށް ފީ ދެއްކި ރަސީދާއެކު، ފޯމުގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 19 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 ގައެވެ.

        މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ރާއްޖޭގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބީލަމަށް ރަޖިސްޓްރީކޮށް މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

        ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބީލަމަށް ރަޖިސްޓްރީވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގައި ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޑިސެންބަރު 2024