ޢާންމު މަޢުލޫމާތު
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ރަތްމަންދޫ ފުޓްސަލް ދަނޑު ބޭނުން ކުރުމުގެ އުޞޫލު "

 

ތަޢާރަފް

މިއީ ރަތްމަންދޫ ފުޓްސަލްދަނޑު ބޭނުންކުރާ ފަރާތްތައް ފުޓްސަލްދަނޑު ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލެވެ.

ޢާއްމު މާދާތައް

  1. 1.    ފުޓްސަލްދަނޑު ހުޅުވާފައި ހުންނަ ވަގުތުތައް

1.1           ފުޓްސަލް ދަނޑު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 06:00 އިން 09:00 އަށް އަދި ހަވީރު 16:00 އިން ރޭގަނޑު 00:00 އަށެވެ.  ރޭގަނޑު އެންމެ ފަހުން ކުޅޭ ފަރާތުން ކުޅެ ނިމުމުން ދަނޑުގެ ލައިޓްތައް ނިއްވައިލާން ވާނެއެވެ.

1.2     މި ގަޑިތައް ނޫން އެހެން ގަޑިތަކުގައި އެއްވެސް ޚަރަކާތަކަށް ދަނޑު ބޭނުންވާނަމަ، ކައުންސިލް އިދާރާގެ ހުއްދަ ހޯދުމަށްފަހު ދަނޑު ބޭނުންކުރެވޭނެ އިންތިޒާމް ހަމަ ޖައްސައިދެވޭނެއެވެ.

 

  1. 2.    ތަކެއްޗަށް ރައްކާތެރިވުން

2.1  ދަނޑު ބޭނުން ކުރުމުގައި ހުރިހާ ފަރާތްތަކަކުން ވެސް ދަނޑުގައި ބެހެއްޓިފައިވާ ތަކެއްޗަށާއި ޕިޗަށް ގެއްލުން ނުވާނޭ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް   ސަމާލުކަންދޭންވާނެއެވެ.

 

  1. ފުޓުސަލް ދަނޑު ބޭނުންކުރުމުގައި އުފެދޭ ކުނި ނެގުން                   

3.1 ފުޓްސަލް ދަނޑު ބޭނުންކޮށް ނިމުމުން، އެޚަރަކާތަކާއި ގުޅިގެން އުފެދިފައިވާ ކުނި ނަގައި،      ކުނި އަޅަން ދަނޑުގައި ބަހައްޓާފައިވާ ޑަސްބިނަށް އަޅަންވާނެއެވެ.

3.2   ކުނިވާ ޒާތުގެ އެއްވެސް އެއްޗެއް ޑަސްބިނަށް އަޅައިގެން ނުވާނެއެވެ.

3.3     އިވެންޓްތަކާއި ގުޅިގެން ދަނޑުތެރޭގައި އުފެދޭ ކުންޏާއި ޑަސްބިނަށް ނޭޅޭ ޒާތުގެ ކުނި، ރަށުގައި ކުނި އެޅުމަށް ޚާއްސަ ކުރެވިފައިވާ ތަންތަނަށް ގެންދިއުމަކީ އިވެންޓް އިންތިޒާމްކުރާ ފަރާތުގެ ޒިންމާއެކެވެ.

 

  1. 4.    ހެދުންއެޅުން

4.1 ފުޓްސަލް ދަނޑުގައި ކުޅޭ ހުރިހައި ކުޅުންތެރިންވެސް ކުޅެންވާނީ އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ. ހުސްފައިގައި އަދި ހުސް އިސްޓާކީނުގައި ފުޓްސަލް ދަނޑުގައި ކުޅުމަކީ މަނާ ކަމެކެވެ.

 

4.2    ފުޓްސަލް ދަނޑުގައި ކުޅޭ ބޫޓަށް އަރަންވާނީ، ދަނޑަށް ވަނުމަށްފަހުގައެވެ.

 

 

4.3     ފުޓްސަލް ދަނޑުގައި ޓީޝާޓް ނުލައި ނުވަތަ ހުސްގަޔާ ކުޅުމަކީ މަނާ ކަމެކެވެ.

 

  1. ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން

5.1 ދަނޑު ތެރޭގައި އެއްވެސް ބާވަތެއްގެ ދުންފަތުގެ އިސްތިޢުމާލެއް ކުރުމަކީ މަނާ ކަމެކެވެ.

  1. ފީނެގުން

6.1  ދަނޑު  ބޭނުންކުރާ، ރަށަށް ނިސްބަތްވާ އެއްވެސް ފަރާތެއްގެ އަތުން އެއްވެސް ފީއެއް ނުނެގޭނެއެވެ.

6.2 ރަށުން ބޭރުން އެއްވެސް ޓީމެއް ދަނޑު ބޭނުންކުރާ ނަމަ، ދަނޑު ހޯދުމަށް އެދޭ ފަރާތުގެ އަތުން ގަޑިއިރަކަށް -/50 ( ފަންސާސް ރުފިޔާގެ ) މަގުން ފީއެއް ނެގޭނެއެވެ.

6.3 އަމިއްލަ ފަރާތަކުން ނުވަތަ ކްލަބް ޖަމްއިއްޔާއަކުން ދަނޑުގައި މުބާރާތެއް ނުވަތަ އިވެންޓެއް ބާއްވާނަމަ، ދުވާލަކަށް -/250 ( ދުއިސައްތަ ފަންސާސް ރުފިޔާ ) ގެ ފީ އެއް ނަގާގޮތަށް ދަނޑު ދޫކުރެވޭނެއެވެ.

6.4 ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާއަކުން ދަނޑުގައި ޚަރަކާތެއް ބާއްވާނަމަ ނުވަތަ މެޗެއް ކުޅޭނަމަ އެ ޚަރަކާތަކަށް ނުވަތަ އެ މެޗަކަށް ފީއެއްނުނެގޭނެއެވެ. 

7. ދަނޑުބޭނުންކުރުމުގައި ހުއްދަ ހޯދުން

7.1    ރަށުން ބޭރު އެއްވެސް ޓީމެއް ފުޓްސަލް ދަނޑު ބޭނުން ކުރަންވާނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.

                               

15 ޑިސެންބަރު 2024