ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/103
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 18 ޑިސެންބަރު 2024 13:30
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު އޮފީސް ތަކުގެ 1 ވަނަ ވޮލީ މުބާރާތް 2024 ގައި ބައިވެރިވުމާއި ގުޅޭ

މި ކައުންސިލްގެ ފަރާތުން "ހއ.ބާރަށު އޮފީސް ތަކުގެ 1 ވަނަ ވޮލީ މުބާރާތް 2024"  ގެ ނަމުގައި ވޮލީ ބޯލަ މުބާރާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ބާރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ ޓީމުތަކަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 22 ޑިސެންބަރު 2024 ވާ އާދީއްތަދުވަހުގެ ރޭގަނޑު 20:20 ގައެވެ.

               ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ އޮފީސް/ކުންފުނިތަކުން 18 ޑިސެންބަރު 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގައި ބައިވުމަށް އެދި ހުށައެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ސެޓާއި،މުބާރާތުގެ ޤަވައިދު 15 ޑިސެންބަރު 2024 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ގަޑިތަކުގައި މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި މުބާރާތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކައުންސިލްގެ ފޯން: 6500016 އަށެވެ.          

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

                   14 ރަބީޢުލްއާޚިރު 1445

15 ޑިސެންބަރު 2024