ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2024/147
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:36
ސުންގަޑި: 19 ޑިސެންބަރު 2024 14:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

ރަށުގެ ސިއްޙީމަރުކަޒުގެ ހުޅަގުންވާ ސަރަހައްދާއި ވައިޖެހޭގެ އަދި ފެސްފަރީގޭގެ އުތުރުގައި ފެހިކުލައިން ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރިން ހޯދަންބޭނުންވެއެވެ. ވީމާ، [ރުއްގަހުގެ މަޢޫލޫމާތު ހުށަހަޅާ ފޯމު] ފުރިހަމަކުރުމަށްފަހު 19 ޑިސެމްބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. [ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމު] މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެންހުންނާނެއެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ. މިސަރަހައްދުގައިވާ ރުއްގަހުގެ ވެރީން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކުރެވިފައިވާތީ މިމުއްދަތުގެ ތެރޭގައި ވެރިފަރާތުން ރުއްގަހުގެ މަޢުލޫމާތު މިއިދާރާއަށް ހުށަހަޅާފައިނުވާ ރުއްގަހަކީ ބަންޑާރާ ރުއްގަސްކަމުގައި ބަލައި މިތަކެއްޗާއިމެދު އަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
 
12 ޑިސެންބަރު 2024