މަސައްކަތް
ނަންބަރު: RS/IUL/2015/74
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 16 ޖުލައި 2015 11:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކަލް ކޭބަލެއް އަޅަން ބޭނުންވެއްޖެ

ފައިބަރ އޮޕްޓިކަލް ކޭބަލެއް އަޅަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

ހުޅުމާލޭ އެޗް.ޑީ.ސީ ބިލްޑިންގ ގައި ހުރި އެން.ސީ.އައި.ޓީގެ ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން ރެހެންދި ސްކޫލަށް ފައިބަރ އޮޕްޓިކަލް ކޭބަލްއެއް އެޅުމަށް ކުރި ނަންބަރު: RS/IUL/2015/74(23 ޖޫން 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް ހުޅުމާލޭ އެޗް.ޑީ.ސީ ބިލްޑިންގ ގައިހުރި އެން.ސީ.އައި.ޓީގެ ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން ރެހެންދި ސްކޫލަށް ފައިބަރ އޮޕްޓިކަލް ކޭބަލްއެއް އެޅުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 23 ޖުލައި 2015 ވާ ބުރާސްފަތި ދުވަހު ދުވަހުގެ 11:00އަށް އަންދާސީހިސާބު މި ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

25 ރަމަޟާން  1436

12 ޖުލައި 2015