މަސައްކަތް
ނަންބަރު: (IUL)265/265/2024/49
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 19 ޑިސެންބަރު 2024 13:15
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރިނބީ ކައުންސިލްގެ ރުއްދަނޑު ނޮޅައި ސާފުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުން

ކުރިނބީ ކައުންސިލްގެ ރުއްދަނޑު 1 އަހަރު (01 ޖަނަވަރީ 2025 އިން 31 ޑިސެންބަރު 2025 ވަނަ) ދުވަހުގެ މުއްދަތަށް ނޮޅައި ސާފުކޮށް ބަލަހައްޓެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް ކުރިނބީ ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މި މަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ކޯޓޭޝަންގެ ނަމޫނާއެއް މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ޑިސެންބަރު 2024