ދިވެހިރާއްޖެ
އަގު ހުށަހެޅުމުގެ ދަޢުވަތު
ހޯރަފުށީ ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ހޯރަފުށީ ގަބުރުސްތާނުގައި އަލަށް މީހުން ވަޅުލުމަށް ފާހަގަކުރި ލައިން ހިމެނޭ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މަސައްކަތްތަކުގެ ތަފްސީލް އަދި އިވެލުއޭޝަންގެ ތަފްސީލް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ލިންކުން އަގު ހުށައެޅުއްވުން އެދެމެވެ.
https://forms.gle/frkzuVFVagexWMWE9
އަގުހުށައެޅުމުގެ ސުންގަޑި
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ސުންގަޑި  | 
| 
 އަގުހުށައެޅުއްވުމުގެ ސުންގަޑި  | 
 11 ޑިސެމްބަރު 2024  | 
 ބުދަ  | 
 21:00  | 
މި އިޢުލާނަށް އަގުހުށައެޅުއްވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
1. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކޮށްފައިވާ ކުންފުނިތައް.
2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޕާޓްނަރޝިޕްތައް.
3. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
09 ޖުމާދަލްއާޚިރާ 1446