ދިވެހިރާއްޖެ
މި އިޢުލާންވަނީ 31 ޑިސެންބަރު 2024 09:10 ގައި ބާތިލް ކުރެވިފައެވެ.
ގއ.ގެމަނަފުށީގައި ރަށްވަށާ މަގެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.
ގއ.ގެމަނަފުށީގައި ރަށްވަށާ މަގެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 15 ޑިސެމްބަރ 2024 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުން އެދެމެވެ.
މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 15 ޑިސެމްބަރ 2024 ގެ 13:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.
މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 22 ޑިސެމްބަރ 2024 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
| މާކުސްދެވޭ ކުރައިޓީރިއާ | މާކުސްދެވޭގޮތް | ތަފޮސީލް | 
| އަގު | 80% | މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭ އުސޫލުންނެވެ. | 
| 
 | 
 | 
 | 
| ތަޖުރިބާ | 10% | ތަޖުރިބާގެ ގޮތުގައި ހުށަހެޅޭނީ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ކޮށްފައިވާ މަސައްކަތްތަކަށް އެކަންޏެވެ. އަދި ހުށަހަޅާ ލިޔުންތަކަކީ ފާއިތުވި 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮށްފައިވާ ފަންސާސްހާސް ރުފިޔާއިން މަތީގެ މަސައްކަތެއް ކަމުގައި ވާންޖެހޭނެއެވެ. މި މުއްދަތު ގުނަން ފަށާނީ މި މަސައްކަތުގެ އިޢުލާނުގެ ތާރީޚުން ފެށިގެންނެވެ. ގިނަވެގެން މާރކްސް ދެވޭނީ 10 ޕޮއިންޓާއި ހަމަޔަށެވެ. | 
| މުއްދަތަށް 
 | 10% | މިބަޔަށް އެންމެ މަތިން ޕޮއިންޓް ދެވޭނީ އެންމެ ކުޑަ މުއްދަތެއް ޖަހާ ޕުރޮޕޯސަލަކަށެވެ. ގިނަވެގެން މާރކްސް ދެވޭނީ 10 ޕޮއިންޓާއި ހަމަޔަށެވެ. 
 | 
މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.