ދިވެހިރާއްޖެ
އިޢުލާން
މިސްކިތްތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ:
މި ރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީއާއި، އާއިލީ ޒިންމާ ޗުއްޓީ ނުވަތަ ސަލާމުގެ ޗުއްޓީ ނަންގަވާ ޙާލަތްތަކުގައި ވަގުތީ ގޮތުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖު ޕޫލުގައި ރަޖިސްޓުރީވުމަށް ފުރުސަތު ހުޅުވާލަމެވެ.
މަޤާމް: އިމާމު
ބޭނުންވާ އަދަދު: 04
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 06
ޖިންސް: ފިރިހެން
ވީމާ ވޭޖުޕޫލުގައި ރަޖިސްޓުރީވުމަށްޝައުގުވެރިވާ ފަރާތްތަކުން 16 ޑިސެންބަރ 2024 ވާ ހޯމަ ދުވަހު 13:00ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަގާމް ބަޔާންކޮށް ތަޢުލީމީ ސެޓްފިކެޓްތަކާއެކު ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
މިސްކިތު މަސައްކަތު ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން 04 މީހަކު 01 އަހަރުގެ ދުވަހުގެ ދާއިމީ ކޮންޓުރެކްޓަށް ނެގޭނެއެވެ.
ތިރީގައި މިވަނީ ވޭޖް / ޕޫލް މަޤާމްތަކާއި، އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލެވެ.
| # | މަޤާމް | ރޭންކް | މަސައްކަތްކުރާ ގަޑި | 
| 01 | އިމާމް ސަނަދު އޮތް މީހަކަށް ( ނަމާދުކުރާ ވަގުތު) | GS3 | 61.00 | 
| 02 | މުދިމް ސަނަދު ނެތްމީހަކަށް ( ނަމަދުކުރާ ވަގުތަށް) | GS1 | 53.00 | 
| 03 | މަސައްކަތު | SS1 | 45.00 | 
09ޑިސެންބަރު 2024
ސަވާދު އާދަމް
ސެކްރެޓަރީ ޖެނެރަލް