ދިވެހިރާއްޖެ
|
މިކައުންސލުންދޭ ކުރެހުމާއި އަދި މަޢުލޫމާތާއި އެއްގޮތަށް މިރަށު ބަނދަރުގައި ކުޑަ މަސްމާރުކޭޓެއް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުއްވުން އެދެމެވެ. |
|
ބީލަމުގައި ރަޖިސްޓްރީ ވުން |
|
|
ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު: |
03 ޑިސެމްބަރ 2024 އިން 12 ޑިސެމްބަރ 2024 (11:00) އަށް |
|
މަޢުލޫމާތު ސާފުކުރުން: |
03 ޑިސެމްބަރ 2024 އިން 12 ޑިސެމްބަރ 2024 (11:00) އަށް |
|
ގުޅޭނެ ނަންބަރ: |
6780034 |
|
އީމެއިލް އެޑްރެސް: |
|
|
ރަޖިސްޓްރޭޝަން: |
މި ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކުން /150.00(ސަތޭކަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. ނޯޓް: ފައިސާ ދެއްކުމަށް ފަހު، މި ޢިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ''ރަޖިސްޓްރޭޝަން ފޯރމް'' ފައިސާ ދެއްކެވި ސްލިޕާއެކު މަތީގައި އެވާ މެއިލްއަށް ފޮނުއްވަން ވާނެއެވެ. މެއިލް ލިބުނުކަން ކަށަވަރު ކުރުމަކީ ހުށަހަޅުއްވާ ފަރާތްތަކުގެ ޒިންމާއެކެވެ. ރަޖިސްޓްރޭޝަން އަށް ފައިސާ ދައްކަވާ ސްލިޕްގެ ރިމާކްސްގައި ތަފްސީލް ލިޔުއްވަން ވާނެއެވެ. އަދި 7953640 މިނަމްބަރަށް ސްލިޕް ވައިބަރ ކުރަންވާނެއެވެ. |
|
ފައިސާ ދެއްކުން: |
އިންޓަރނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓް ނަން: 1434 Revenue 1 އެކައުންޓް ނަންބަރ: 7725700429001 |
|
ޕްރީބިޑް މީޓިންގ: |
މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ. |
|
ބީލަން ހުށަހެޅުން |
|
|
ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި: |
17 ޑިސެމްބަރ 2024 އަންގާރަ (13:00) އަށް |
|
ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން: |
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ |
|
ބީލަން ހުށަހަޅާއިރު: |
|
|
ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް: |
މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ. |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.