ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)283-PS/283/2024/99
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި:
13 ޖަނަވަރީ 2025 00:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުޅަނދުގެ ވެރިފަރާތް ހޯދުމާއި ބެހޭ
ށ. ފުނަދޫ ޗިލްޑްރެންސް ސަރވިސް ސެންޓަރު ބްލޮކުގެ ހުޅަނގު ބިމުގައި ވަރަށް ގިނަ ދުވަސްވަންދެން އޮތް ލޯންޗުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. ވީމާ، މިއުޅަނދުގެ ވެރިފަރާތެއްވާނަމަ 2025 ޖަނަވަރީ 13ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ލިޔުމަކުން އެކަން އެންގެވުން އެދެމެވެ. މިމުއްދަތުގައި އެއްވެސްފަރާތަކުން އަންގާފައިނުވާނަމަ، ވެރިއަކު ނެތް އުޅަނދެއްކަމަށްބަލާ، ފުނަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 163 އާންމު ޖަލްސާއިން ނިންމާފައިވާގޮތަށް އަމަލުކުރާނެކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
03 ޑިސެންބަރު 2024