ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2024/150
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 07 ޑިސެންބަރު 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

މެނޭޖަރ   

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ފުރަތަމަ ( 03 މަސްދުވަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް – ކިޔޫއޭޑީ

މުސާރަ:

އެލަވަންސް: 

އެހެނިހެން އެލަވަންސް:                

 9000.00 ރުފިޔާ އާއި 10750.00 ރުފިޔާ އާއި ދެމެދު ( މަހަކު)

 އަސާސީ މުސާރައިގެ %60 ( ސާރވިސް އެލަވަންސްގެ ގޮތުގައި)

 ކުންފުނީގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ހަމަޖައްސައި ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

  • ފެލިވަރުގައި ހުރުމާއި ކެއުން ހަމަޖެހިފައިވާ އުޞޫލުން ހަމަޖައްސައި ދެވޭނެއެވެ.

ޝަރުޠު:

ފުޑްސައިސްސް/ މައިކްރޮބައިލޮޖީ/ ބައޯޓެކްނޮލޮޖީ/ ނުވަތަ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން.

ކާނާގެ ބާވަތެއް އުފައްދާ ތަނެއްގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މަސްޢޫލިއްޔަތު:

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ކޮލިޓީ އެންޑް ފުޑް ސޭފްޓީ މެނޭޖްމެންޓް ސިސްޓަމް ބެލެހެއްޓުމާއި، ސެކްޝަން ހެޑުންނަށް އިރުޝާދުދީ އެފަރާތްތަކާއި ޙަވާލު ކުރެވިފައިވާ މަސައްކަތްތައް ބެލެހެއްޓުން.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ، ކޮލިޓީއާއި ގުޅޭގޮތުން ހިންގަންޖެހޭ ތަފާތު ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.

HACCP ސިސްޓަމް އެކުލަވާ ލުމުގައި ބައިވެރިވެ، ފުޑް ސޭފްޓީ އެންޑް ކޮލިޓީ އޮޑިޓްތަކުގައި ބައިވެރިވުން.

ލެބޯރޓްރީގެ އެންމެހާ ކަންކަން ރާވާ ހިންގާ، ލެބޯރޓްރީގެ ޕްރޮސީޖަރތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.  

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 07 ޑިސެމްބަރު 2024 ދުވަހުގެ 14:00 ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

01 ޑިސެންބަރު 2024