ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)358/358/2024/5
ޕަބްލިޝްކުރި ތާރީޚް: 01 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:47
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Bandharah Mudhaa beylun

އިޢްލާން

 

ވ.ތިނަދޫގެ ބަނދަރުމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންނަ  މުދާ ބާލައި ބެހެއްޓުމާ ގުޅޭ.

 

މިދުވަސްވަރަކީ ވ.ތިނަދޫގައި ވަރަށް ގިނަ ފަރާތްތަކުން އިމާރާތް ކުރަމުންދާ ދުވަސްވަރަކަށް ވުމުން އިމާރާތް ކުރުމަށް ބޭނުންކުރާ ވަރަށް ގިނަ މުދާ މިދުވަސްވަރު ތިނަދޫއަށް ގެންނަމުން ދެއެވެ. ވޭތުވެ ދިޔަ މެއިމަހުން ފެށިގެން ތިނަދޫގެ ބަނދަރުމައްޗަށް ވަރަށް ގިނައިން މިފަދަ މުދާބާލައި ލަފާ ފުރާ ސަރަހަށްދު އެއްކޮށް ފުރި ރަށަށް އަރާ ފޭބުމަށް ދަތިވާގޮތަށް މުދާ ބަހަށްޓާފައި  ހުރުމުން ވަރަށް ގިނަ ފަރާތް ތަކެއްގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. ނަމަވެސް އިމާރާތް ކުރަމުންދާ ފަރާތްތަކަށް މިޔަދާ ހަމަޔަށް ވެސް މިކަމުގައި ލުއިތަކެއް މިކައުންސިލުން ދިނީ ތިނަދޫގައި އިމާރާތް ކުރެވޭނެ ފުރުސަތު ވީހާވެސް ބޮޑަށް ފަހިކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް ތިނަދޫއަކީ ލޯކަލްޓޫރިޒަމްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ރަށަކަށް ވެފައި ، މިހިނގާ ނޮވެމްބަރ 2024 ން ފެށިގެން މެއި 2025 ގެ ނިޔަލަށް އެއީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި ތިނަދޫގެ ހައި ސީޒަން ކަމަށް ވުމުން ތިނަދޫގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފާރާތްތަކުން ތިނަދޫގައި ލަފާފުރުމަށާއި، ރަށަށް އަރައި ފޭބުމަށް އުނދަގޫނުވާނޭ ފަދަ ގޮތަކަށް ތިނަދޫގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ މިކައުންސިލްގެ ވަރަށް ބޮޑުއެދުމެކެވެ. އެގޮތުން ކުރިން މިދެންނެވި އުނދަގޫތައް ތަކުރާރުވުން ހުއްޓުވުމަށްޓަކައި އަމަލުކުރުމަށް މިކައުންސިލުން ކަނޑައެޅި ކަންކަން ތިރީގައި އެވަނީއެވެ.

1 . 2 ޑިސެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ތިނަދޫ އަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންނަ މުދާ ގެނެވޭނީ ތިނަދޫ ކައުންސިލްއަށް ގުޅައި ކައުންސިލުން ހުއްދަދޭ ތާރީޚެއްގައެވެ.

2. ތިނަދޫގެ ބަނދަރުމައްޗަށް ބާލާ މުދާ ގިނަވެގެން 3 ދުވަސް ތެރޭގައި ބަނދަރުގެ ލަފާފުރާސަރަހައްދުން ގެންދަންވާނެއެވެ.

3. 20 ޑިސެމްބަރ 2024 ން ފެށިގެން 3 ޖަނަވަރީ 2025 ގެ ނިޔަލަށް އިމާރާތް ކުރުމަށް ބޭނުންކުރާ އެއްވެސް މުދަލެއް ތިނަދޫއަށް ނުގެނައުމަކީ މިކައުންސިލްގެ ވަރަށް އެދުމެކެވެ. އަދި މިމުއްދަތުގައި އެއްވެސް މުދަލެއް ބަނދަރު ސަރަހައްދުގައި ނުބެހެއްޓުމަކީވެސް މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.  މިގޮތަށް މިކައުންސިލުން މިއެދުނީ އައުއަހަރު ފެށުމުގެ މުނާސަބަތަށް ބަނދަރު ސަރަހަށްދު ޒީނަތްތެރިކުރުމަށްޓަކައެވެ.

4. އިމާރާތް ކުރުމަށް ބޭނުންވާ މުދާ ތިނަދޫއަށް ގެނައުމުގެކުރިން ކައުންސިލްގެ ރައީސް ( 7774129 ) އަދި ކައުންސިލްގެ މެންބަރު އަހުމަދު އަމަން މުހަންމަދު ( 9525146 ) އާއި ގުޅުއްވައި، މަޝަވަރާކުރެއްވުމަށް ފަހު މުދާ ގެންނަ ތާރީޚެއް ކަނޑައެޅުންވުން އެދެމެވެ. ބަނދަރުގައި ޖާގަ އޮތް މިންވަރަކުން މުދާބޭލުމަށް ޖާގަދެމުންދާނެ ވާހަކަ ދަންނަވަމެވެ.

     ވީމާ މަތީގައި ދެންނެފައިވާ ގޮތަށް ތިނަދޫގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން އަމަލު ކޮށްދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑުއެދުމެކެވެ.

                                         29 ޖުމާދަލްއޫލާ 1446

                                     01 ޑިސެމްބަރު  2024    

01 ޖަނަވަރީ 2024