| 
   
- ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގައާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
 
- ޤައުމީ މަންހަޖުގައި ދަރިވަރުންނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ "ކީ ކޮމްޕިޓެންސީޒް" ތައް ޙާޞިލު ވާނޭގޮތަށް ކިޔަވައިދިނުމުގައި ބޭނުންކުރާ ލެސަން ޕްލޭންތަކާއި ކްލާސްރޫމްގެ މާހައުލު އަދި އިތުރު ހަރަކާތްތައް ރޭވުން.
 
- ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުމާއި ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން .
 
- ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރ، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން.
 
- ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން
 
- ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން.
 
 
7. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން. 
8- ކުލާހުގައާއި ކުލާހުންބޭރުގައި ސްކޫލްގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން. 
09- ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން. 
10- ދަރިވަރުންގެ ކުރިއެރުމާބޭހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތައުލީމީ ދާއިރާގެ ފަރާތްތަކުން ބޭނުންވާނެ މައުލޫމާތު ހިއްސާ ކުރުން. 
11- ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން. 
12- ދަރިވަރުން ގެންގުޅޭ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާހައުލެއްކަން ކަށަވަރުކުރުން. 
13- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާސިލްވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން. 
14- ރިލީފް ގަޑި ނެގުން. 
15- ސްކޫލްގައި ހިންގާ ކުލަބް ޙަރަކާތްތައް ހިންގުން. 
16- ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން 
17- ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން. 
18-   މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން 
19- ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން 
20- ކޮންޓެކްޓްގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނިޓްގެ 25 އާއި 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާ 25 އާ ދެމެދުގެ ގަޑިނެގުން 
 |