ދިވެހިރާއްޖެ
އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ގަބްރުސްތާނުގެ ވަށާފާރުގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގ، ބީ.އޯ.ކިއު އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާތިތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، 2024 ޑިސެމްބަރ 04 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މިއިދާރަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަމމުގައި ރަޖިސްޓްރީވާ ފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވުމަށް ފޯމް ނަންގަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ.
|
ތަފްސީލު |
ތާރީޚް |
ގަޑި |
|
ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި |
04.12.2024 |
13:00 |
|
ޕްރީ ބިޑް މީޓިންގ (މަޢުލޫމާތު ސެޝަން) |
05.12.2024 |
10:45 |
|
ބިޑް ހުށަހެޅުން |
11.12.2024 |
13:15 |
|
އީމެއިލް: [email protected] |
||
|
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އާއި ދެމެދު 6540049 ގުޅުއްވުމަށް ދަންނަވަމެވެ. |
||