ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2024/88
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:27
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުކުޅު ،ހާ އަދި ބަކަރި ފަދަ ދިރޭތަކެތި ގެންގުޅުމާއި ގުޅޭ
ހުއްދަދީގެން ކުކުޅު، ހާ އަދި ބަކަރި ގެންގުޅެމުންދާ ބައެއް ފަރާތްތަކުން ކޮށިން ބޭރަށް ދޫކޮށްލައިގެން މިތަކެތި ގެންގުޅެމުންދާތީވެ، މިކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ.
ކުކުޅު، ހާ އަދި ބަކަރި ކޮށިން ބޭރަށާއި އާންމު ތަންތަނަށް ދޫކޮށްލައިގެން ގެންގުޅުމަކީ މީގެ ކުރިންވެސް މަނާ ކުރެވިފައިވާ ކަމެކެވެ.
މި އިޢުލާނާއި ހިލާފަށް ކުކުޅު، ހާ އަދި ބަކަރި ގެންގުޅޭ ފަރާތްތަކާއިމެދު ގަވާއިދުން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
25 ނޮވެންބަރު 2024