މަސައްކަތް
ނަންބަރު: IUMH-AD/I/2024/16
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 01 ޑިސެންބަރު 2024 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި ކުންފުނީގެ އައިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނީގެ އައިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                   ނަންބަރު:IUMH-AD/I/2024/16  

މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތައް 1 އަހަރު ދުވަހުގެ މުއްދަތައް މި ކުންފުނީގެ އެންމެހާ އައިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ކުންފުނީގެ ނަންބަރ 3003520 ފޯނާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 1 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން  [email protected] އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޮމްޕިޔުޓަރ ނެޓްވާރކް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން
  • ކުންފުނީގެ ވެބްސައިޓް ތައް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  • ސާރވާތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުމާއި އަދި ސަރވާތަކުގެ ބެކްއަޕްނެގުން.
  • ސިސްޓަމްތަކުގައިވާ ޑޭޓާ އާއި މައުލޫމާތުގެ ބެކަޕް ނެގުމާއެކު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  • އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި،އެންމެ އެކަށޭނަ ގޮތެއްގައި އެތަކެތި ބޭނުން ކުރެވޭނެ ގޮތްތައް ހޯދާ،ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރުން.
  • މަސައްކަތް ކުރަން ގެންގުޅޭ ޓޫލްތަކާއި، ލައިސަންސް ކީ އަދި ސީރިއަލްކީ ފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  • ވީ.ޑީ.އައި ސިސްޓަމް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  • އެކްޓިވް ޑައިރެކްޓްރީ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  • މާރކެޓިންގ މެޓީރިއަލްސް ޑިޒައިން ކުރުން.
  • މަސައްކަތާއި ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރުން

 

 ނޮވެމްބަރު 202424

24 ނޮވެންބަރު 2024