ދިވެހިރާއްޖެ
އިޢުލާން ނަންބަރ: Gs149/IUL-2024/14
ބާވެފައިވާ ތަކެތި ނީލަން ކިޔުން
މިސްކޫލްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަންކިއުން 16 ނޮވެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 13:00ގައި ސްކޫލްގެ އިދާރާގެ ގޯތިތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 16 ނޮވެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 13:00އަށް ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަން ކިޔާތަކެތީގެ ލިސްޓާއި، ނީލަންފެށޭ އަގުތަށް ތިރީގައިއެވަނީއެވެ.
| ފަހަރަކު މަދުވެގެން އިތުރު ކުރެވޭ ޢަދަދު | ނީލަން ފެށޭއަގު | ތަކެތީގެ ބާވަތް | ޢަދަދު | 
| 5ރ | (ޓީވީއެއް) 200ރ | ޓީވީ | 12 | 
| 5ރ | (ޓީވީ ސްޓޭންޑެއް)50ރ | ޓީވީ ސްޓޭންޑް | 8 | 
| 5ރ | (މޮނީޓަރެއް)50ރ | ކޮމްޕިޔުޓަރ މޮނީޓަރ(ޑެސްކްޓޮޕް) ޑެލް | 2 | 
| 5ރ | 100ރ | އެމްޕްލިފަޔަރ | 1 | 
| 5ރ | 50ރ | ސްކޭނަރ | 1 | 
| 5ރ | 50ރ | ޕްރިންޓަރ HL2140 | 1 | 
| 5ރ | 50ރ | ފޮޓޯ ކޮޕީ މެޝިން (ތޮޝިބާ ) | 1 | 
ނީލަމުން ނަގާ ތަކެއްޗަށް 18 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފައިސާ ދައްކަންވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅިފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 05 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ.ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބޮޑުފޮޅުދޫ ސްކޫލް
އއ.ބޮޑުފޮޅުދޫ
ފޯން: 6660841
އީ-މެއިލް: [email protected]
02 ޖުމާދުލްއޫލާ 1446
04 ނޮވެމްބަރ 2024