ދިވެހިރާއްޖެ
އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ދިވެހިރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިން ސައްތަ އަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެކުލަވާލާފައިވާ މަގޭ ސޯލާ ޕްރޮގްރާމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
- މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނީ ހަމައެކަނި ގޭބިސީތަކަށް.
 - ގޭބިސީތައް ކަނޑައަޅާނީ އާއްމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން.
 - މި ޕްރޮގްރާމަށް އެދި ހުށަހަޅާނީ ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް (28 އޮކްޓޫބަރު 2024 އިން ފެށިގެން އެޕްލިކޭޝަނަށް ހުޅުވާލެވޭނެ).
 - މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަތޮޅަކަށް ލިބޭ ޖުމުލަ ސިސްޓަމްތައް އެ އަތޮޅެއްގެ ކޮންސިއުމަރުންގެ އަދަދުން ބެހިފައިވާގޮތް ތިރީގައި އެވަނީ.
 
| 
 
 އަތޮޅު  | 
 5kW (ތްރީ ފޭސް)  | 
 5kW (ސިންގަލް ފޭސް)  | 
 3kW (ތްރީ ފޭސް)  | 
 3kW (ސިންގަލް ފޭސް)  | 
 އަތޮޅަށް ކަނޑައަޅާފައިވާ ޖުމުލަ ސިސްޓަމް  | 
| 
 ހއ  | 
 7  | 
 21  | 
 3  | 
 25  | 
 56  | 
| 
 ހދ  | 
 10  | 
 29  | 
 4  | 
 34  | 
 77  | 
| 
 ށ  | 
 6  | 
 18  | 
 3  | 
 21  | 
 48  | 
| 
 ނ  | 
 6  | 
 18  | 
 3  | 
 19  | 
 46  | 
| 
 ރ  | 
 7  | 
 20  | 
 3  | 
 24  | 
 54  | 
| 
 ބ  | 
 6  | 
 17  | 
 3  | 
 19  | 
 45  | 
| 
 ޅ  | 
 5  | 
 15  | 
 3  | 
 17  | 
 40  | 
| 
 ކ  | 
 1  | 
 1  | 
 1  | 
 2  | 
 5  | 
| 
 މ  | 
 3  | 
 7  | 
 1  | 
 9  | 
 20  | 
| 
 ފ  | 
 3  | 
 6  | 
 1  | 
 8  | 
 18  | 
| 
 ދ  | 
 4  | 
 10  | 
 1  | 
 12  | 
 27  | 
| 
 ތ  | 
 6  | 
 15  | 
 3  | 
 19  | 
 43  | 
| 
 ލ  | 
 7  | 
 19  | 
 3  | 
 22  | 
 51  | 
| 
 ގއ  | 
 5  | 
 13  | 
 3  | 
 16  | 
 37  | 
| 
 ގދ  | 
 7  | 
 20  | 
 3  | 
 24  | 
 54  | 
| 
 ޏ  | 
 5  | 
 14  | 
 4  | 
 16  | 
 39  | 
| 
 ސ  | 
 12  | 
 32  | 
 6  | 
 38  | 
 88  | 
- މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި، ގޭބިސީތަކަށް ދޫކުރެވޭ ސޯލާ ޕީވީ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިންގ އުސޫލުގެ ދަށުން އެދި ފެނަކަ ކޯރޕަރޭޝަނަށް ހުށަހަޅާ ގޭބިސީތައް ސާރވޭ ކުރުމަށްފަހު.
 - މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަކަށް އެޑްވާންސް ޕޭމަންޓެއް ނުނަގާނެ. ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ 10% ނަގާނެ. މި 10% އަށް ވާ ރުފިޔާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަންޖެހޭނެ.
 - މި ޕްރޮގްރާމުގެ ދަށުން ދޫކުރެވޭނީ 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތައް.
 - މި ޕްރޮގްރާމުގެ ދަށުން ދޫކުރާ 3 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ -/45،000 (ސާޅީސް ފަސް ހާސް ރުފިޔާ)
 - މި ޕްރޮގްރާމުގެ ދަށުން ދޫކުރާ 5 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ -/75،000 (ހަތްދިހަ ފަސްހާސް ހާސް ރުފިޔާ)
 - މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސިސްޓަމްތަކަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ދައްކާގޮތަށް ނުވަތަ 5 އަހަރަށް ބަހާލައިގެން އިންސްޓޯލްމަންޓު ޕްލޭނެއްގެ ދަށުން. އަގު އަންނަނިވިގޮތުގެ މަތިން އަދާކުރެވިދާނެ:
 
ހ. އެއްފަހަރާ އަގު އަދާކޮށް ޚަލާޞް ކުރާގޮތަށް
ށ. މަހުން މަހަށް ދައްކާ ޚަލާޞް ކުރާގޮތަށް.
ނ. ށ ގައިވާގޮތަށް އަގު އަދާކޮށް ޚަލާޞް ކުރާނަމަ ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި އެމަހަކު ދައްކަންޖެހޭ ޢަދަދު ހިމެނޭނެ.
- މި ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހޯދާ އެސިސްޓަމަށް މަހުން މަހަށް ކަރަންޓު ބިލުގައި ހިމަނައިގެން އަގު އަދާކުރާ ފަރާތްތަކުން އަގު ނުދެއްކުމުން އަމަލުކުރާނީ މިހާރުވެސް ކަރަންޓު ބިލު އަދާނުކުރުމުން ހިނގާ އުސޫލު.
 - މި ޕްރޮގްރާމުގެ ދަށުން ހަރުކުރާ ސޯލާ ޕީވީ ސިސްޓަމްތައް މަރާމާތުކޮށް ބަލަހައްޓަންޖެހޭނީ އެ ސިސްޓަމެއްގެ ވެރިފަރާތުން/ ގޭބިސީއަކުން.
 
ވީމާ، މި ޕްރޮގްރާމުގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ހަރުކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނުގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުމަށް ދެންނެވީމެވެ.