ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-Admin/475/2024/191
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި:
05 ނޮވެންބަރު 2024 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ ސާރވަރ އަދި ބެކްއަޕް ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
މި މިނިސްޓްރީއަށް ސާރވަރ އަދި ބެކްއަޕް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2024 ނޮވެމްބަރ 05 ވަނަ ދުވަހުގެ 11:00 ގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އުމަރު ޒާހިރު އޮފީސް އިމާރާތުގެ 5 ވަނަ ފަންގިފިލާގައެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އީ-މެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ. މި އިއުލާނާއެކު ބިޑިންގ ޑޮކިއުމަންޓްސް ގެޒެޓް ކުރެވިފައިވާނެއެވެ.
24 އޮކްޓޫބަރު 2024