މަސައްކަތް
ނަންބަރު: RS/IUL/2015/67
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 02 ޖުލައި 2015 11:30
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކަލް ކޭބަލެއް އަޅަން

ފައިބަރ އޮޕްޓިކަލް ކޭބަލެއް އަޅަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

ހުޅުމާލޭ އެޗް.ޑީ.ސީ ބިލްޑިންގގައިހުރި އެން.ސީ.އައި.ޓީ ގެ ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން ރެހެންދި ސްކޫލަށް ފައިބަރ އޮޕްޓިކަލް ކޭބަލެއް އެޅުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 9 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

06 ރަމަޟާން 1436

23 ޖޫން 2015