| 
 މަޤާމް : 
 | 
 ސީނިއަރ އީކޮމާރސް އޮފިސަރ، ގއ. ވިލިގިލި ޕޯސްޓް 
 | 
 ބޭނުންވާ އަދަދު: 
 | 
 01 ( އެކެއް ) 
 | 
| 
 މުސާރައާއި އެލަވަންސް: 
 | 
- މުސާރަ: މަހަކު -/6500 ރުފިޔާ ( ހަހާސް ފައްސަތޭކަ ރުފިޔާ)
 
- ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ (ތިން ހާސް ރުފިޔާ)
 
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
 
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
 
  | 
| 
 އޮފީސް : 
 | 
 މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 
 | 
 ޔުނިޓް : 
 | 
 ގއ. ވިލިގިލި 
 | 
| 
 ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 
 | 
- ޖީ.ސީ.އީ  އޭލެވެލް އިން ބިޒްނަސް މާއްދާއިން  ފާސްވުމާއިއެކު ދިވެހި، އަދި އިގިރޭސިން ފާސްވެފައިވުން ނުވަތަ
 
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުމާއި އެކު  މަސައްކަތު ތަޖްރިބާ ލިބިފައިވުން
 
 
  
 | 
| 
 މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް 
 | 
   
- އަތޮޅު އަދި ރަށުފެންވަރުގައި ތަކެތި އުފައްދާފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ޕޯސްޓުގެ އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕްއާއި ބެހޭ މައުލޫމާތުދިނުމާއި އެފަރާތްތައް ކޮމިއުނިޓީ އޮންލައިން ޝޮޕްއަށް އޮންބޯޑުކުރުމުގެ މަސައްކަތްކުރުން.
 
- ރަށު ކައުންސިލްތަކާއި ރަށްރަށުގެ އެކި މުއައްސަސާ ޖަމްއިއްޔާ، ކޯޕަރޭޓިވްސްތަކާއި ބައްދަލުކޮށް އީޓުކުރީގެ ޙިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި އެކުގައި މަސައްކަތްކުރެވޭނެ ކަންކަން ދެނެގަތުން އަދި އެފަރާތްތަކާއި ރަގަޅު ބަދަހި ގުޅުންގާއިމް ކުރުމަށް މަސައްކަތް ކުރުން
 
- ކޮންމެ ރަށެއްގައިވެސް ގާއިމް ކުރެވިފައިވާ ކޮމިއުނިޓީ އޮންލައިންޝޮޕް މެނޭޖްކޮށް އަދި އަތޮޅު ޕޯސްޓް އޮފީސްތަކުގެ ފަރާތުން އީޓުކުރީގެ  އެންމެހައި އޮޕަރޭޝަންތަށް ބެލެހެއްޓުން
 
 
  
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- އިޖުތިމާއީ ކަންކަމުގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތް ކޮށްފައިވުން
 
- ރަށުންބޭރުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
 
- ދަތުރުފަތުރު ކުރެވޭފަދަ ޞިއްޙީ ޤާބިލްކަން ހުރުން
 
- ޕްރެޒެންޓޭޝަން ސްކިލްސްހުރުމާއެކު އިނޮވެޓިވް ސްކިލްސްހުރި ފަރާތަކަށްވުން
 
- މައިކްރޯސޮފްޓް އެކްސެލް  އަދި ޕަވަރޕޮއިންޓް ބޭނުންކުރަން އެގުން
 
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
 
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން
 
- އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
 
- ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
 
- ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
 
 
  
 | 
| 
 ރަސްމީ މަސައްކަތު ގަޑި: 
 | 
- ހެނދުނު 08:00 އިން 16:00 އަށް  
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް 
 | 
- ވަޒީފާއަށްއެދޭ ފޯމް
 
- ވަނަވަރު (ސީވީ)
 
- އައިޑީ ކާޑުގެ ކޮޕީ
 
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
 
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  
 
 
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. 
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
 
 
 | 
| 
   
 | 
 މށިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 24  އޮކްޓޫބަރ 2024ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 24 އޮކްޓޫބަރ 2024ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ގއ. ވިލިގިލިއިން ބަލައިގަންނާނެއެވެ.  
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
  
 | 
| 
 އިންޓަވިއު: 
 | 
 އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 
 | 
| 
 ވަޒީފާއަށް އެދޭނެ ގޮތް: 
 | 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީގަޑީގައި 7924894 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
 
 
 |